ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވުނީތީ ހިތާމަކުރައްވާކަމަށް، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޖް މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ލޯޔަރު ވައްޑެއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރކަން ބަދަލުކުރައްވާ، މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ސަރުކާރުގައި މަޖިލީހުގެ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވައްޑެއާއެކު އެ މެންބަރުންނަކީ ކުރީ ސަރުކާރު ބަދަލުކުރުމުގެ އެންމެ މުހިންމު ސަބަބުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ މެންބަރުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ޢަމަލީގޮތުން މަސައްކަތްކުރައްވާފައެވެ.
ނަމަވެސް މި ސަރުކާރަށް ފާޑުވިދާޅިވެ ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޞާލިޙްގެ މައްޗަށް ބޮޑު މުސާރަ ދެއްވާފައި އިތުރު ބޭފުޅަކު ނުލައްވަންތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވުނީތީ ހިތާމަކުރައްވާކަމަށާއި، ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށްވެސް އެދޭކަމަށެވެ. ވައްޑެ ވަނީ ރައީސް ޞާލިޙް އިސްތިއުފާދެއްވުމަށްވެސް ގޮވާލައްވާފައެވެ.
ރައީސްއެވެ. މަނިކުފާނުގެ މައްޗަށް މަނިކުފާނަށްވުރެ ބޮޑު މުސާރައެއް ދީފަ، ބޭރުގެ ޤައުމެއްގެ ރައީސްކަން ކޮށްފައިވާ ތަޖުރިބާކާރު ރައީސްއަކު ނުލައްވާނަންތޯ! މަނިކުފާނު ހޮވަން މަސައްކަތް ކުރެވުނީތީ ހިތާމަކުރަން. ރައްޔިޔުންގެ ކިބައިން މައާފަށްވެސް އެދެން. އިސްތިއުފާދެއްވާ!
– ލޯޔަރު ވައްޑެ
Raees @ibusolih eve. Manikufaanuge machchah, manikufaanah vure bodu musaaraeh dheefa, beyru qawmegge raees kan koffaivaa thajuribaa kaaru raeesaku nulavvaanan thoa!
Manikufaanu hovan masakkaiy kurevuneethee hithaama kuran. Rayyithunge kibain maafah ves edhen.
Isthifaa dhevvaa! pic.twitter.com/eHUF9vA1gN— Mohamed Waheed Ibrahim (@Lawyer_Waddey) May 27, 2021
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން އެކި މަޤާމުތަކަށް ބޭރުގެ ތަޖުރިބާކާރުން، ބޮޑެތި މުސާރަތަކަށް ލައްވަމުން ގެންދަވާތީވެސް ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ