ނާއިބު ރައީސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ނާއިބު ރައީސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
26 މެއި 2021 09:39
0

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނާއިބު ރައީސް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަދުއެވެ. އަދި އެމަނިކުފާނު މިހާރު ހުންނެވީ އެކަހެރިވެވަޑައިގެންކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ނާއިބު ރައީސްގެ ބޭފުޅުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ޕޮޒިޓިވީ ނާއިބު ރައީސް ދަރިކަލެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ނާއިބު ރައީސް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެކަމަނާ މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mohamed
އަވަސް شفاء އަކަށް އެދި ދުއާކުރަމެވެ. شفاکاالله