ކޯވިޑް ފެސިލިޓީއެއްގައި ބަލި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ކޯވިޑް ފެސިލިޓީއެއްގައި ބަލި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޖިމީ
26 މެއި 2021 06:18
0

ކޯވިޑް-19އަށް ފަރުވާދޭ ކޯވިޑް ފެސިލިޓީއެއްގައ އޮތް ބަލިމީހަށް އޭނާގެ އެހީތެރިޔާ އަނިޔާކުރާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ކޯވިޑް މެޑިކަލް ފެސިލިޓީއެއްގައި އޮތް ޢުމުރުން ދުވަސްވީ ބަލިމީހަކަށް އަނިޔާކުރާ ވީޑިއޯ ނަގާފައިވަނީ އެ ފެސިލިޓީގެ ތެރޭގައި އެހެން ބަލިމީހެއް ނުވަތައޭނާގެ އެހީތެރިއެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޢުމުރުން ދުވަސްވީ މީހާ ޝަކުވާއެއް ކުރުމުން، ޑޮކްޓަރު އަންނަންދެން މަޑު އޮތުމަށް އިންޒާރުދީ އޭނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހާތަން ފެނެއެވެ. މިއާއެކު އެ ބަލިމީހާ ވަނީ ބާރަށް ރޯން ފަށާފައެވެ. އަދި  އެ ބަލިމީހާގެ އެޙީތެރިޔާ އެތަނުން ދާތަން ފެނެއެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. ބަލި މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން ސާފެއް ނުވެއެވެ.

ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އެ ވީޑިއޯ ކާމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގްކުރަމުން އަންނަކަމަށެވެ. އަދި އެ ބަލިމީހާއަށް އަނިޔާކުރި މީހާ އެތަނުން ފޮނުވާލާފައިވާކަމަށާއި، އަދި އެކަން އެ ބަލިމީހާގެ އާއިލާއަށްވެސް މިހާރު އަންގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބަލިމީހާއަށް އަނިޔާކުރާ ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ ފެސިލިޓީތަކުގައި ބަލިމީހުންނަށް ފަރުވާދެމުން އަންނަ ގޮތްތޯ ސިވާލުކޮށްފައެވެ. ނަމަވެސް އެއީ ފެސިލިޓީގައި ފަރުވާ ފޯރުކޮށްދޭން ތިބި ސިއްޙީ އެހީތެރިއެއް ނޫންކަން ސާފުވެއެވެ. ގިނަ ބަޔަކު އަންނަނ އޭނާ ހައްޔަރުކޮށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
މިހާރުން މިހާރަށް އޭނާ ހައްޔަރުކުރަން ގޮވާލަން. ދެރައީ އެތަން އެ އަނިޔާކުރި މީހާ ފުނުވާލީތީ.