ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ހިންގާ ތަހުގީގުގެ މަޢޫލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ އެމަނިކުފާނު ކަންބޮޑޫވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު އެކަންބޮޑުވުން ފާޅުކުރައްވާކަން ހާމަކުރައްވާފައިވަނީ ރައީސް ނަޝީދާއި އަރިސް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީލް (ދޮންބިލަތް) އެެވެ. އެގޮތުން ހަލީލް ވިދާޅުވީ،
ރައީސް ނަޝީދާއި ވާހަކަ ދެއްކުމުގެ ފުތުޞަތު މިއަދު ލިބިވަޑައިގެންނެވިކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގެ މަޢުލޫމާތު ސީދާ އެމަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން މަޢުލޫމާތު ސާފުކުަރން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވެފައިވާކަމަށެވެ.
Daadhi dhenmeaku RN aa vaahaka dhakaa lumuge furusathu libunu.Haalu kolhu varah rangalhu kamah vidhaalhuvi namaves thahugeegu ge mauloomaathu seedhaa emanikufaana nulibi raees office medhu veri vegen mauloomathu saafu kuranjehumakee kanbodu vaakameh kamah vidhaalhuvi.
— Dhonbiley Ahmed (@Dhonbiley) May 26, 2021
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ބަޔަކު ފައިސާ ޚަރަދުކުރިތޯއާއި އަދި އެފަދަ ބަޔަކު ތިބިނަމަ އެމީހުން ހޯދުމަށް އެމެރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާ ގުޅޭނެކަމަށް ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. މިހާތަނަށް އެ ހަމަލާގައި އަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކުހައްޔަރުކޮށްފައިވާކަމަށާއި، އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މިހާތަނަށްވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.
ކޮމެންޓު ފޮނުވާ