ކޮވިޑް ޖެހޭ މީހުންނަށް ދޭ ރިލީޒް ލިޔުން ދިނުން ހުއްޓާލައިފި

ކޮވިޑް ޖެހޭ މީހުންނަށް ދޭ ރިލީޒް ލިޔުން ދިނުން ހުއްޓާލައިފި

Author
މުޙައްމަދު ޖިމީ
26 މެއި 2021 03:53
0

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްޓާލައިފިއެވެ.

ރިލީޒް ލިޔުން ނުވަތަ ޑޮކިއުމަންޓް ދިނުން ހުއްޓާލިކަން ހާމަކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ، ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ
ނުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެކަމަށާއި، އެ ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޯވިޑަށް ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވެއެވެ. މިގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެއެވެ. އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ މީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިންނެވެ.

– އެޗްޕީއޭ

އެޗްޕީއޭއިން ބުނީ ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ޞިއްޙީ ލަފަޔާއި ފަރުވާ ހޯއްދެވުމަށް އެދޭކަމަށެވެ.

ކޯވިޑަށް ޕޮޒިޓިވްވުމުން އެކަހެރިކޮށް ރިލީޒްކުރާ ލިޔުން ދިނުން ހުއްޓާލާފައިވާއިރު، އެ ލިޔުން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އަބަދުވެސް ޝަކުވާ ބޮޑުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.