އެމްޓީސީސީއަށް ސާބަސް، 20 ދުވަސްތެެރޭ ފެސިލިޓީ ނިންމައި ހަވާލުކޮށްފި

އެމްޓީސީސީއަށް ސާބަސް، 20 ދުވަސްތެެރޭ ފެސިލިޓީ ނިންމައި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 08:36
0

ގދ. ތިނަދޫގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގެ މަސައްކަތް އެންމެ 20 ދުވަހުގެ ތެރޭ ނިންމާ ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް ފެސިލިޓީގެ މަސައްކަތް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުނީ ވަރަށް ބުރަމަސައްކަތުން ކަމަށެވެ. އަދި މިކަމުގެ އަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް އާދަމް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ގދ.ތިނަދޫގައި އިމާރާތްކުރި އިމަރޖެންސީ ކޯވިޑް-19 ފެސިލިޓީގެ މަސައްކަތް އެކުންފުނިން ނިންމާފައިވަނީ އެންމެ 20 ދުވަހުގެ ތެރޭގައެވެ. 22 އެނދުގެ ޖާގައިގެ މި މެޑިކަލް ފެސިލިޓީގައި ކަރަންޓީން ފެސިލިޓީއާއި، ބަލިމީހުންނަށް އެންޑްމިޓްކޮށްގެން ޚިދުމަތްދެވޭނެ ގޮތާއި އައިސީޔޫގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ5 ސަރަހައްދެއްގައި ސަރުކާރުން ވަނީ ކޯވިޑް ފެސިލިޓީ ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިކަމަށް ފަރުވާދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.