ރާއްޖޭގެ ކޯވިޑްގެ މިހާރުގެ ހާލަތާއި ގުޅިގެން، ސަރުކާރުގެ ނިންމެވުންތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި މިރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިރޭ 22:00ގައި ކަމަށެވެ.
President @ibusolih will meet the press tonight at 2200hrs to discuss the latest measures and policy updates related to the national #COVID19 response.
— Mabrook Azeez (@MvSpokesperson) May 25, 2021
ނޫސްވެރިންނާއި ރައީސް މިރޭ ބައްދަލުކުރައްވާއިރު، ރާއްޖޭގެ ކޯވިޑްގެ ހާޅަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ރެކޯޑް ޢަދަދަކަށް ކޯވިޑް ބަލި ޖެހި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އިއްޔެއަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށީންސުރެ އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 13 މީހަކު ނިޔާވެފައިވެއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހަވީރު 4 އިން ހެނދުނު 8އަށް ކާފިއު ހިންގުމަށް ނިންމާފައިވެއެވެ. އަދި އެނޫން ގަޑިތަކުގައިވެސް ގެއިން ބޭރަށްނިކުމެވޭނީ ފުލުހުން ދޫކުރާ ޚާއްޞަ ފާހެއް ހޯދައިގެންނެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 1400އަށް ވުރެ ގިނަ މީހުން ރާއްޖޭޣައި ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިހާތަނަށް 142 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާރު ކޯވިޑް ބަލިމީހުންގެ ގޮތުގައި 24،000އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 280އަށް ވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަަލުގައި އެޑްމިޓްކޮށްފައެވެ.
ކޮމެންޓު ފޮނުވާ