އިހުސާން ފިހާރައިން ވައްކަންކުރި މީހަކު ހޯދަނީ

އިހުސާން ފިހާރައިން ވައްކަންކުރި މީހަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
25 މެއި 2021 01:40
0

މާފަންނު އިހުސާން ފިހާރައިން ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އޭނާގެ ވީޑިއޯ ޢާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ 2021 މެއި 14 ވަނަ ދުވަހު 14:35 އެހައިކަންހާއިރު މާފަންނު، މިރިޔާސްމަގު ގައި ހުންނަ އިހުސާން ފިހާރައިން ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

 

އެހެންކަމުން އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487001 ކަމަށާއި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.