ރާއްޖެއިން ކޯވިޑް-19ގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސލިޓީގައި ފަރުވާދެމުންއައި ޢުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކާއި، 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުނެގ ޢަދަދު ވަނީ 144އަށް އަރާފައެވެ.
ރާއްޖޭގައ ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު މިހާރު ވޭތުކުރަމުން މިދަނީ އެންމެ ނުރައްކާތެރި އެންމެ ހިތްދަތި ދުވަސްތަކެވެ. ކޮންމެ ދުވަހަކު 1000އަށް ވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވެ އެތައް ބަޔަކު ނިޔާވަމުންނެވެ. ބަލީގައި މުސްކުޅި ޢުމުރުގެ ނޫން މީހުންވެސް ދަނީ މަރުވަމުންނެވެ.
ފަހަކަށް އައިސް މިބަލީގައި ނިޔާވާ އުމުރުން 50 އަހަރުން ދަށުގެ މީހުން އިތުރުވަމުން އަންކަންވަނީ ފަހަގަވެފައެވެ. އެހެންނަމަވެސް މިހުރިހާ މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންކަންވެސް އެޗްޕީއޭއިން ފަހަގަކުރައްވައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ޢަދަދވެސް ނިޔާވާ މީހުންގެ ތެރޭގައި އިތުރުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 23 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 66 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 27000އަށް ވުރެ ގިނަ މީހުނަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.
ކޯވިޑްގައި ހޯމަ ދުވަހު 13 މީހުން މަރުވެފައިވާއިރު މީގެތެރެއިން 10 މީހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިބަލީގައި އިތުރު ތިން މީހަކު ނިޔާވެފައިވަނީ ޅ.ހިންނަވަރު ސިއްޙީ މަރުކަޒުގައާއި، އައްޑު ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހެކެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ