ހެލްތު މިނިސްޓަރުގެ ނާއިބަކަށް ޝަމާޢު އައްޔަންކުރައްވައިފި

ހެލްތު މިނިސްޓަރުގެ ނާއިބަކަށް ޝަމާޢު އައްޔަންކުރައްވައިފި

Author
މުޙައްމަދު ޖިމީ
24 މެއި 2021 04:30
0

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންް ކުރައްވައިފިއެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާޢު ޝަރީފު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރކަމުގެ މަޤާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެނބަރުކަން ވެސް ޝަމާޢު ވަނީ އަދާކުރައްވާފައެވެ.

ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޝަމާއު ހެލްތު ނާއިބަކަށް ހަމަޖައްސާފައިވާއިރު، ނިމިދިޔަ ކައުންސިލް އިންތިޚާބަށް މާލޭގެ މޭޔަރުކަމުގެ ޓިކެޓް ހޯދުމަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ނަމަވެސް މޭޔަރުގެ ޓިކެޓް ލިބުނީ އަނަސް ޢަބްދުއްސައްތާރަށެވެ. އެނާވެސް ވަނީ އިންތިޚާބުގައި ނާކާމިޔާބުވެފައެވެ.

ޝަމާއު ހެލްތުގެ ނާއިބަކަށް ހަމަޖެއްސުމާއެކު، އެ މިނިސްޓްރީގައި ނާއިބުގެ ފެންވަރުގައި އޭނާއާއެކު 5 ބޭފުޅުން ތިއްބަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.