މިނިސްޓަރ ނަސީމް ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު ހޭދަކުރަނީ އެޗްއީއޯސީގެ މަސައްކަތުގައި: ސަރުކާރު

މިނިސްޓަރ ނަސީމް ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު ހޭދަކުރަނީ އެޗްއީއޯސީގެ މަސައްކަތުގައި: ސަރުކާރު

Author
މުޙައްމަދު ޖިމީ
24 މެއި 2021 02:25
0

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗް.އީ.އޯ.ސީ.ގެ މަސައްކަތްތަކުގައިކަމަސް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމަކީ ހައިރިކްސް ބޭފުޅެއްކަމަށާއި، މިނިސްޓަރ ހުންނެވީ މަސައްކަތްތަކުން އެކަހެރިކޮށްފައިކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވުމާއި ގުޅިގެންނެވެ.

މަބްރޫކް ވިދާޅުވީ، ހެލްތް މިނިސްޓަރ މިވަގުތު ހުންނެވީ ދަރުބާރުގޭގައިކަމަށާއި، ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗް.އީ.އޯ.ސީ.ގެ މަސައްކަތްތަކުގައިކަމަށެވެ.

ހެލްތް މިނިސްޓަރ މިވަގުތު ހުންނެވީ ދަރުބާރުގޭގައި. ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗް.އީ.އޯ.ސީ.ގެ މަސައްކަތްތަކުގައި..

– މަބްރޫކް ޢަޒީޒް

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ބަލި ޖެހޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ކޯވިޑް-19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވާތަން ނުފެންނަކަމަށް ސަރުކާރަށް ތަޢީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.