ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންހަދާ އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ކޮމިޓިގެ މުގައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއ ބެހޭ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، އަސްލަމް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިން ރޭ ކުއްލި ބައްދަލުވުމެއް ބޭއްވުނުކަމަށެވެ. އެ ބައްދަލުވުމުގައި ނިންމީ ފުލުހުން ތަހުގީގް ހިންގާ ގޮތް ގާތުން ބަލައި، ތަހުގީގް ހިނގަމުންދާ ގޮތް ކޮމިޓީއާއި ހިއްސާޚުރުމަށްކަމަށާއި، މިފަދަ ޓެރަރިޒަމްގެ ހަމަލާތަކުގެ ތަހުގީގާއި ޝަރުޢީ މަރުހަލާއަށް ގެންދިއުމަށް ހުރި ގޮންޖެހުމަށްވެސް ރިޔާއަތްކުރުމާއި ބޭރުގެ އެހީ ހޯދުމަށްވެސް ފުލުހުންނަށް ދެންނެވުނުކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ކޮމިޓިން ނިންމާ އެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ކޮމިޓިން ފުލުހުންގެ ކިބައިން އެދުނު ކަންކަންވެސް ކުރަމުން އަންނަކަމަށާއި، އެގޮތުން ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދަމުން އަންނަކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ، ކޮމިޓީން ހަދަމުން އަންނަ އިންކުއަރީއާއި ގުޅިގެން އެ އިންކުއަރީ ގެންދާނެ ގޮތުގެ ޕްލޭނެއެއް ހަދާފައިވާނެކަމަށާއި، ކޮމިޓިން ހިންގާ އިންކުއަރީއަކީ މައްސަލަ ތަހުގީގް ކުރުމެއް ނޫންކަމަށެވެ. މި މައްސަލަތހުގީގް ހިންގާނީ ފުލުހުންކަމަށާއި، ކޮމިޓިން ކުރަނީ މި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތައްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު މުޙައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީންވެސް ބޭރުގެ އެހީ ހޯދަމުން އަންނަކަމަށެވެ. އެގޮތުން ކޮމިޓިން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި އެއްވެސް މައުލޫމާތެއް ސަލާމަތީ ނުވަތަ އެއްވެސް އިދާރާއަކަށް ލިބިފައިވޭތއާއި، ސަލާމަތީ ބާރުތަކުން ސަލާމަތާއި ހިމާޔަތް ދޭން ޖެހޭ މީހުންގެ މިންގަނޑުތައް ބަލަހައްތާ ގޮތާއި، ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި އަމަލުކުރި ގޮތް ދެެނެގަތުމާއި، ފައިނޭންސް އިންޓެލިޖެންސް ހޯދުމަށް އަމަލުކުރާ ގޮތްވެސް ހިމެނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދަޅުވީ ތަހުގީގަށް އެއްވެސް ފަރާތަކުން ހުރަސް އަޅާކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.
ކޮމިޓިގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، މިހާތަނަށް އެކޮމިޓިގެ 15 ބައްދަލުވުމެއް ބާއްވަފައިވާނެކަމަށާއި، ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި ސުވާލުކުރާނެކަމަށެވެ. ނަމަވެސް ކޮމިޓިން އެފަރާތްތަކާއި ސުވާލުކުރާނީ ހުރިހާ ކަމެއް ދިރާސާކޮށް ނިމުމުންކަމަށާއި، ޮމިޓިން ހަދަމުން އަންނަ އިންކުއަރީގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެންސީޓީސީގެ ދައުރު ބަލަމުން އަންނަކަމށާއި، ބައެއް ފަރާތްތަކުން މަޢޫލޫމާތު ހިފަހައްތާންޖެހޭ މިންގަނޑާއި، އެއް މުއައްސަސާއާއި އަނެއް މުއައްސަސާއާއި މަޢޫލޫމާތު ހިއްސާކުރަ މިންވަރުވެސް ކޮމިޓީން ބަލާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާލުވީ، މި މައްސަލާގައ ހައްޔަރުކުރި މީހުންނާއި، ތަހުގީގް ހިންގާ ބައެއް ފަރާތްތައްކޯވީޑަށް ޕޮޒިޓިވްވުމަކީ ތަހުގީގް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހުރިހާ އެންމެންވެސް ގުޅެނީ ހަރުކަށި ފިކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ