މޯލްޑިވްސް ހަލާލް ޓްރެވަލް ލޯންޗުކޮށްފި އެވެ.
ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ކުރިއަރުވައި ފުޅާކުރުމަށް އުފެއްދި މޯލްޑިވްސް ހަލާލް ޓްރެވަލް ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓްގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.
މޯލްޑިވްސް ހަލާލް ޓްރެވަލް މާޓުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިޅާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބަރޯސާވެފައި އޮތީ ވަކި މާކެޓުތަކަކަށް ކަމަށާއި ކޮވިޑު ބަލިމަޑުކަމާ އެކު އެ ކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރި ކަމަށެވެ.
އަދި ހަލާލް ޓޫރިޒަމްއަކީ ގިނަ ފުރުސަތުތަކެއް ހުރި މަރކެޓެއް ކަމަށް ސަނީ ވިދާޅުވިއެވެ. އެގޮތުން މިއީ 189 ބިލިއަން ޑޮލަރުގެ މަރކެޓެއް ކަމަށާއި، މޯލްޑިވްސް ހަލާލް ޓްރެވަލް މާޓް މެދުވެރިކޮށް، ގަލްފްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ސަނީ ވިދާޅުވިއެވެ.
މޯލްޑިވްސް ހަލާލު ޓްރެވަލް ޕްލެޓްފޯމްގެ ދަށުން މެގަޒިން އަކާއި މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިން، ކޮންފަރެންސްތައް، ޕީއާރު އަދި މާކެޓިން ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ. އަދި މި ޕްލެޓްފޯމުގެ ދަށުން މާކެޓިން ހަރަކާތްތަކާއި ހަބަރުތައް އަރަބި ބަހުން ގެންނައިރު މެލޭޝިއާ، އިންޑޮނޭޝިއާ ފަދަ ހަލާލް ޓޫރިޒަމް ޕްރޮމޯޓު ކުރާ މާކެޓުތަކާ ވާދަ ކުރުމަކީ އަމާޒު މޯލްޑިވްސް ހަލާލް ޓްރެވަލް އިން ބުނެއެވެ.
މޯލްޑިވްސް ހަލާލު ޓްރެވަލް ޕްލެޓް ފޯމްގެ ހުރިހާ ބައެއްވެސް ކުރިއަށްދާނީ އަރަބި ބަހުންނެވެ.
ކޮމެންޓު ފޮނުވާ