ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 145،000އިން މައްޗަށް

ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 145،000އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 10:44
0

އިތުރު 1،665 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 145،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 2،459 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 395 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 2،064 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 145،372 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 362 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 201 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 161 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 303،336 އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މީގެ އިތުރުން އެސްޓްރަޒެނަކާގެ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.