ރައީސް ޞާލިހު މިރޭ ޤައުމާއި މުޙާތަބު ކުރައްވަނީ

ރައީސް ޞާލިހު މިރޭ ޤައުމާއި މުޙާތަބު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 04:47
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުހާތަބް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނު މިރޭ ޤައުމާއި މުޙާތަބު ކުރައްވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގެވުމަށް އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން މަސްއޫލިއްޔަތާއި މިއަދު ހަވާލުވުމާއި ގުޅިގެން އެކަމުގެ މުނާސަބަތުގައެވެ.

ރައީސް މިރޭ ޤައުމާއި މުހުތާބު ކުރެއްވުމަށް ހަމަޖެހިފައިވަނީ 7 ޖަހާއިރުއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލާއިއެކު އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރައްވާފައިވަނީ މިއަދުއެވެ. ޤާނޫނުގެ ތެރެއިން ކައުންސިލްތައް ހިންގުމަށް ބޮޑެތި އިހުތިޔާރުތައް ވަނީ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.