ފަލަސްތީނުގެ ދިދަ އެމްއެމްޑީއެފްގެ ބޮޑު ސްކީރީނުގައި ޑިސްޕްލޭ ކުރުމަށް މުއިއްޒު ގޮވާލައިފި

ފަލަސްތީނުގެ ދިދަ އެމްއެމްޑީއެފްގެ ބޮޑު ސްކީރީނުގައި ޑިސްޕްލޭ ކުރުމަށް މުއިއްޒު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 09:25
0

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާ ކުށްވެރި ކުރުމަށާއި، ދިވެހިން ފަލަސްތީނާއި އެކުގައި ތިބިކަން ދެއްކުމަށް އެމްއެންޑީއެފް އިމާރާތުގެ ބޮޑު ސްކްރީނަށް ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްދެއްވުމަށް މުއިއްޒު އެދިވަޑައިގެންފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހިން ފަލަސްތީނާއިއެކުގައި ތިނިކަން ދެއްކުމަށް ދިދަ ސްރީންގައި ޑިސްޕްލޭ ކުރުމަކީވެސް ކުރެވޭ ރަނގަޅު ކަމަކަށްވާނެކަމަށެވެ. ފަަލަސްތީނުގެ އެތައް ބަޔަކު މަރަމުންދާއިރު މިކަމުގައި ދިވެހި މުސްލިމު ރައްޔިތުންވެސް ފަލަސްތީނާއިއެކުގައި ތިބިކަން ސާބިރުކޮށް ދެއްވުމަށް މިވަރުގެ ކަމެއްކޮށްލުމަކީވެސް މުހިންމު ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ހިތައްއަރާ ފަލަސްތީނު ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ އިމާރާތުގެ ބޭރުގައި މާލޭގެ މަލަމައްޗަށް ވާގޮތަށް ހުންނަ ބޮޑު ސްކްރީންގައި ފަލަސްތީންގެ ދިދަ ޑިސްޕްލޭ ކޮށްލެވިދާނެބާއޭ.

– މުއިއްޒު ވިދާޅުވިއެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ އިއްޔެ ގޮވާލާފައެވެ. ދިވެހި ސަރުކާރުންގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ.

އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވިއެވެ.

ފަލަސްތީނާއިއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މާދަމާ ހާއްސަ އިވެންޓެއް މާލޭގެ ހުރިހާ ގެއްގެ ބެލްކަނިތަކެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.