ކޯވިޑް-19: ރާއްޖެއިން އިތުރު 39 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: ރާއްޖެއިން އިތުރު 39 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 09:59
0

ރާޢްޖެއިން އިތުރު 39މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 39 މީހެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 39 މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، 6 ބިދޭސީންނެވެ. މީގެތެރެއިން 38 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 1 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 11،271 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 7،235 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 4036 އެވެ. ރާއްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 993 މީހުންނެވެ. އޭގެ ތެރެއިން 45 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދި 347 މީހަކަށް ފަރުވާދެމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 33 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،234 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް 225 ދުވަސް ވެފައިވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 37 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވެފައިވަނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.