އުފުލި ދިޔާއެއްޗެއްގެ ވާހަކަ ތަހުގީގްކުރަންޖެހޭ، މިއީ ސަމާސާއެއް ނޫން: ޢަލީ ޒައިދު

އުފުލި ދިޔާއެއްޗެއްގެ ވާހަކަ ތަހުގީގްކުރަންޖެހޭ، މިއީ ސަމާސާއެއް ނޫން: ޢަލީ ޒައިދު

Author
މުޙައްމަދު ޖިމީ
14 މެއި 2021 01:52
0

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ދެއްވައިގެން އުފުލީ ދިޔާއެއްޗެއްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްވިދާޅުވެފައިވާތީ، އާޒިމް އުފުލި ދިޔާއެއްޗެހީގެ ވާހަކަ ތަހުގީގްކުރަންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ވިދާޅުވެފައިވަނީ ދަބަހަކަށް އަަޅައިގެން ގެންދިޔައީ “ދިޔާ އެއްޗެއް” ކަމަށާއި އެއީ އަދީބުގެ ފަރާތުން އަބްދުﷲ ޖަލީލު (ކޭން ސޭޓު) އަށް ދޭން ދިން އެއްޗެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިމޭރުމުން އާޒިމް ވިދާޅުވެފައިވަނީ އާޒިމް އާއި އަދީބާއި ދެމެދު ފޯނުން ދައްކާފައިވާ ވާހަކަތަކެއް ލީކުވުމާއި ގުޅިގެންނެވެ.

އެ މެސެޖުތަކުގައި އަދީބު އާޒިމް ކައިރީ ފެންޓަސީ ކުރިމައްޗަށް އައުމަށް ބުނެފައިވެއެވެ. ފެންޓަސީ ކުރިމަތީގައި ހުންނަނީ އަދީބާއި އެކު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ވިޔަފާރިވެރިޔާ ހާމިދު ސޭޓު މެންގެ ގެއެވެ. އޭރު އެކި ފަރާތްތަކަށް ފައިސާ ބަހާފައިވަނީ އެގެއިންނެވެ. އާޒިމަށް މެސެޖުކޮށް އެގޭ ކައިރިއަށް އައުމަށް އަދީބު އެދިފައިވާއިރު، އާޒިމް ކައިރީ ދަބަހެއް ގެންނަންވެސް އަދީބު އެދިފައިވެއެވެ.

މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، ހުރިހާ ރައްޔިތުން މޮޔަ ހެއްދޭނެކަމަށް ދެކޭނީވެސް މޮޔައެއްކަމަށާއި، އުފުލި ދިޔާ އެއްޗެހީގެ ވާހަކަ ތަހުގީގް ކުރެވެންޖެހޭކަމަށެވެ. އަދި މިއީ ސަމާސާ ވަހަކައެއް ނޫންކަމަށްވެސް ޢަލީ ޒައިދު ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުން މޮޔަ ހެއްދޭނެކަމަށް ދެކޭނީވެސް މޮޔައެއް! އުފުލި ދިޔާ އެއްޗެހީގެ ވާހަކަ ތަހުގީގް ކުރެވެންޖެހޭ! މީ ސަމާސާ ވަހަކައެއް ނޫން! ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތާ ގުޅުންހުރި މައްސަަލައެއް! ލަދުވެތި ކަމަކީ ވަރަށް މުހިންމު ސިފައެއް!

– ޢަލީ ޒައިދު

އާޒިމްގެ ވާހަކަތަކައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އާޒިމްއަށް އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔަނާތާއި ގުޅިގެން އެކަމުން ސަލާމަތް ވުމަށް އާޒިމް ދެއްކެވި ވާހަތަކުން އިތުރަށް އެކަމުގައި ޝާމިލުވިކަން ހާމަވާކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ. ނަމަވެސް އާޒިމް ވިދާޅުވެފައިވަނީ އެނާ ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެކަމަށެވެ. ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާކަމަށް ތަހުގީގްކޮށް، ދައުވާ ކުރަން ފޮނުވާ ހިސާބުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސެން
ބޮލުތާކިހާ ޢަޅައިގެން ހޮޅުއަށީ ސަމާސާއަށް ނިކުމެއުޅެވޭއިރު ނޭނގޭމ
ހ ހުދުހުދު
ވެދާނެ ސެންޓު ކަމަށް ވެސް.؟