ހދ.ކުރިނބީ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އެ ޓީޗަރ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ކުރިނބީ މާގަންމަގު (ހުޅަނގުކޮޅު) ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި އޮއްވާ މިރޭ 20:30 ހާއިރުއެވެ.
އެ ބިދޭސީ ޓީޗަރު އެންމެ ފަހުން ފެނިފައވަނީ ގައިގައި ބެޑްޝީޓެއް ގައިގައި އޮޅާއިގެން ބޭރަށް ދަނިކޮށްކަމަށް ކުރިނބީ ކައުންސިލުން ބުންޏެވެ. މަޢޫލޫމާތު ލިބިފައިވާގޮތުގައި އެޓީޗަރު ގޮނޑުދޮށުން ފެނުނުއިރު އޮތީ ބަރަހަނާކޮށެވެ.
އަދި އޭނާ އެރަށު ސިއްޙީ މަރުކަޒަށް ގެންިދިޔައިރުވެސް އޮތީ މަރުވެފައިކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ކޮމެންޓު ފޮނުވާ