މިއަދު ކޯވިޑަށް ޕޮޒިޓިވްވީ 1،216 މީހުން

މިއަދު ކޯވިޑަށް ޕޮޒިޓިވްވީ 1،216 މީހުން

Author
މުޙައްމަދު ޖިމީ
13 މެއި 2021 10:46
0

ރާއްޖެއިން އިތުރު 1،216 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދުވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،013މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 201މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން މީހަކާއި، ސަފާރީތަކުން މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 41،308 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 305މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27،428މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 13،784މީހުން ފަރުވާ ހޯދަމުންދާއިރު 259މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،500ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 87 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.