އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޖިމީ
12 މެއި 2021 09:02
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ހިމެނިފައިވާ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ޢާންމުކުރި ކޮރަޕްޝަންގެ ލިސްޓްގައި އޮޑިޓަރ ޖެނެރަލްގެ ނަން ހިމެނިފައިވާއިރު، އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީމީގެ ކުޑައިރުކޮޅެއް ކުރިންނެވެ. މަޖިލީހަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓްގައި ކޮރަޕްޝަންގެ ފައިސާ ލިބުނު281 މީހެއްގެ ނަން ހިމެނޭއިރު، އެ ލިސްޓްގައި ބުނެފައިވާގޮތުގައި 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރުދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން ޒިޔަތުގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ފައިސާ ދީފައިވެއެވެ.

އެ ލިސްޓާއި ގުޅިގެން ޒިޔަތު ވިދާޅުވެފައިވަނީ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމް އިން ފައިސާ ދީފައިވާއިރު، އެއީ ކޮރަޕްޝަންގެ ފައިސާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ޙަސަން ޒިޔަތުގެ އިތުރުން، އޭނާގެ ކޮއްކޮ ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަށްވެސް ފައިސާ ލިބިފައިވާކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި ޢަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުގެ ޙުކުމް އިއްވާފައެވެ. އެ ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.