ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް، ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ރާއްޖެއިން މެދުކަނޑާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ޓޫރިސްޓް ވިދާދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެގޮތުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން މިއުސޫލަށް ޢަމަލުކުރުން މެދުކަނޑާލާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
މިއީ ކޯވިޑްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެކެވެ.
13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުން
— Health Protection Agency (@HPA_MV) May 11, 2021
ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއެކު، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހުއްޓާލާފައިވާއިރު، މި ސަރަހައްދުގައި އެންމެ ނުރައްކާތެރި ޙާލަތެއްގައި އޮތީ އިންޑިއާއެވެ. މީގެ އިތުރުން ބަންގްލަދޭޝާއި ޕާކިސްތާނާއި ނޭޕާލާއި، ސްރީލަންކާއާއި އަފްޣާނިސްތާނުގެ ޙާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރުތެރޭގައި ރާއްޖޭގެ ބޯޑަރ ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ