މޫސޫން ގޯސްވާނެކަމަށް ލަފާކޮށް މިއަދު ހަވީރު 5 ޖެހުމާއަމަށް ރާއްޖޭ ދެކުނުގެ 4 އަތޮޅަށް "ޔެލޯ އެލާޓް" ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ވަނީ، ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން އެ ސަރަހައްދުތަކަށް މިއަދު 13:00އިން 17:00އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެހިސާބަށް މިވަގުތުތަކުގެ ތެރޭގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
އޮފީހުން ވަނީ މިއަދު 13:00އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް ރ.އަތޮޅުން ފެށިގެން ތ.އަތޮޅާހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މިވަގުތުގައި އެސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށްވައިގަދަވެ، ކަނޑު ގަދަވާނެކަމަށްވަނީ ލަފާކޮށްފައެވެ. މާދަމާއިން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުފެވެއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލާފާކުރެއެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓާއި ދެމެދުކަމަށާއި، ހުރިހައި ފަރާތްތަކުންވެސް ޙާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ