ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުބާއްވަން ނިންމައިފި

ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުބާއްވަން ނިންމައިފި

Author
މުޙައްމަދު ޖިމީ
11 މެއި 2021 03:30
0

މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިގޮތަށް ނިންމަވާފައިވަނީ މާލެ ސަރަޙައްދުގައިކަމަށާާއި، މާލެ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނީ ގައިދުރުކަމާއެކު މިސްކިތްތަކުގައިކަމަށެވެ. އަދި އަތޮޅުތަކުގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ ރަށްރަށުގައިވެސް ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުބާއްވާނެކަމަށް އެމިނިސްޓްރީން ބުންޏެވެ.

ނަމަވެސް ކޯވިޑްގެ ކޭސްތައް ނެތް ޢާއްމު ޙާލަތުގައިވާ ރަށްރަށުގައި ފިތުރު ނަމާދު ކުރާނެގޮތް އެރަށެއްގެ ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ފިތުރު ނަމާދުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ކައުންސިލުން ނިންމާނަމަ އެފަދަ ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިތުރު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން އެޗްޕީއޭއިންވަނީ މިހާރު ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޢާއްމުކޮށް މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސްވަނީ ކާފިއު އިއުލާންކޮށްފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި ނަމާދުކުރުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށްވަނީ އަންގަވާފައެވެ. އަދި ހަމަ އެއާއެކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުން މިސްކިތަށް ގޮސްގެން ނަމާދުކުރުމުގެ ބަދަލުގައި ގޭގައި ނަމާދުކުރުމަށްވެސް ވަނީ ބާރުއަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.