ރެސިޕީ: އޯޓްސް ބޯކިބާ

ރެސިޕީ: އޯޓްސް ބޯކިބާ

Author
admin
08 މެއި 2021 11:32
0

ބޭނުންވާނެ ތަކެތި:
1 ޖޯޑު އޯޓްސް
1 ޖޯޑު އަލުވި (މަޑުކޮށްފައި)
1 ދަޅު މަސް
1 ލުނބޯ
1 ގިތެޔޮމިރުސް
1/2 ޖޯޑު ކާށިހުނި
1 ފިޔާ (ކުދިކޮށް ކޮށާފައި)
1/4 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ އިނގުރު (ގާނާފައި)
2 ލޮނުމެދު (ގާނާފައި)
1 ސައިސަމުސާ އޮލިވްއޮއިލް
ހިކަނދިފަތް
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
ހޫނުފެން

 

ތައްޔާރުކުރާނެ ގޮތް:

އޯޓްސްކޮޅު މަޑުކޮށްލުމަށް ހޫނުފެން އަޅާފައި 10 ވަރަކަށް މިނިޓް ބަހައްޓާށެވެ.
ގިތެޔޮ މިރުސް، ފިޔާ، ހިކަނދިފަތް، ލުނބޯ ހުތް، އިނގުރު، ލޮނުމެދު ލޮނު އެއްކޮށް ރަނގަޅަށް އަތުން މޮޑެލާށެވެ.
ފިޔާގަނޑުގެ ތެރެއަށް މަސް، ހުނި، އަލުވި، ރީނދޫ އަދި މަޑުކުރި އޯޓްސް ކޮޅު އަޅާ ރަނގަޅަށް މޮޑެލާ އެއްކޮށްލާށެވެ.
ޓްރޭއެއްގައި އޮލިވް އޮއިލް އުނގުޅާލުމަށްފަހު މޮޑުނު މަސްގަނޑު ޓްރޭއަށް އަޅާލައި ރަނގަޅަށް ފަތުރާލާށެވެ.
މަޑު ހޫނުމިނެއްގައި އަވަނުން ބޯކިބާ ރަނގަޅަށް ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.