ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ކޯވިޑާ ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ކޮވިޑްގެ ޙާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ.
މި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އާއި ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު ގެންދަވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުގެ ކެމްޕެއިންވެސް ކުރައްވަމުންނެވެ. އެގޮތުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި 7 ގައުމެއްގެ އެމްބެސެޑަރުންނާއި ބައްދަލުކުރައްވާފައެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ.
ކޮމެންޓު ފޮނުވާ