ލަސްނުކޮށް ބޭރުގެ އެހީތެރިކަމަށް އެދުމަށް ޑރ.މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި

ލަސްނުކޮށް ބޭރުގެ އެހީތެރިކަމަށް އެދުމަށް ޑރ.މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 12:57
0

ގޯހުން ގޯހަށް ހާލަތު ނުދަނީސް ބޭރުގެ އެހީތެރިކަމަށް އެދުމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުއިއްޒު ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުން އަދަދު އިންތިހާއަށް އިތުރުވެ، ފަރުވާދޭ މީހުންގެ އަދަދު އުފުލި އެދުތައް ފުރި ކަންބޮޑުވުން އިންތިހާއަށް މިދަނޑިވަޅުގައި ލަސްނުކޮށް ބޭރުގެ އެހީތެރިކަމަށް އެދުމަށް ޑޮކްޓަރ މުއިއްޒު ވަނީ ގޮވާލާފައެވެ. އަދި މިހާލަކީ ރާއްޖެއަށް ވެކްސިންއާއި، ޓެސްޓިން ކިޓްވެސް އިންތިހާއަށް ބޭނުންވެ އިންސާނީ ވަސީލަތް ބޭނުންވާ ވަގުތަކަށް ވުމުން ލަސްނުކޮށް ބޭރުގެ އެހީއަށް އެދުމަކީ މުހިންމު ކަމެއްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރަން. ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި، ވެލިދޫ އޮޕަރޭޝަނަށް ގެންނައުމަސް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

މަބުރޫކް ވިދާޅުވީ ހުޅުމާލޭ ކޯވިޑް ފެސިލީޓީގައި އައިސީޔޫ އިތުރު 12 އެދެއް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގެ އެހެން އިމާރާތެއްގައިވެސް އައިސީޔޫ އެދުތަކެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ވެލިދޫ ވެސް އަލުން އައިސޮލޭޝަން ފެސިލީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައިވާކަމާށާއި، މާދަމަ އެތަން އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ބޭނުން ކުރަމުންދާ ފަރުކޮޅު ފުށިވެސް އެކީ ފުލްވެފައިވާކަމަށެވެ. ބަލިޖެހެމުންދާ މީހުންގެ އަދަދަށް ބަލާއިރު އިތުރު ވޮލެންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޞީއްޚީ ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހުންގެ ތެރެއިން ބައެއް މީހުން އައިޖީއެމް ހޮސްޕިޓަލަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނަގަން ހަމަޖެހިފައިވާކަމށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ބަލީހައި މިހާރު 7،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާއިރު، 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.