ޖޭޕީއާއި، އެމްއާރުއެމްގެ ސްލޮޓްތަކަށް ވާގޮތުން އަދިވެސް ވިސްނޭކަށް ނުވޭބާ: ނަވާޒު

ޖޭޕީއާއި، އެމްއާރުއެމްގެ ސްލޮޓްތަކަށް ވާގޮތުން އަދިވެސް ވިސްނޭކަށް ނުވޭބާ: ނަވާޒު

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 09:42
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއި، ޖުމްހޫރީ ޕާޓީއަށް ވައުދުވެ ވަޒީރުކަން ދީފައިވާ ސްލޮޓްތަކަށް ވަމުންދާ ގޮތާއިމެދު ކޯލިޝަން ވެރިންނަށް އަދިވެސް ވިސްނޭ ގޮތެއް ނުވޭތޯ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

ބޮޑު ކޯލިޝަނަކާއިއެކު ވެރިކަމަށް އައި ކޯލިޝަނުން މިއަދުވެސް މަސައްކަތް ކުރަމުންދަނީ ކޯލިޝަން ދެމެހެއްޓުމަށެވެ. ނަމަވެސް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކަށް ނިސްބަތްވާ ވަޒީރުންނަށް ވަކި ކުރުމާއި، މިނިސްޓްރީ ބަދަލުކުރުންފަދަ ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ.

ކެބިނެޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ނަވާޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ސްލޮޓްތައް ބަހާފައިވާ ގޮތާއި މިހާރު ސްލޮޓްތަކަސް ވަމުންދާ ގޮތުން ލީޑަރުންނަށް އަދިވެސް ނުވެސްތޯ ސުވާލު ކުރައްވާފައެވެ. އެމްއާރުއެމްއަށް ދެއްވި ސްލޮޓްތައް މަދުވަމުންދާއިރު، ޖޭޕީގެ ސްލޮޓްތަކުގެ އަދަދުވެސް މަދުވެފައިވާކަމީ މިއަދު ފެންނަން އޮތް ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯލިޝަންގެ ޖޭޕީގެ 5 ސްލޮޓް މިހާރު 3، 3 ސްލޮޓް އެމްއާރުއެމްގެ މިހާރު 1، އަދިވެސް މިވާގޮތް ވިސްނޭކަށް ނޫޅޭބާ.

– ނަވާޒު ވިދާޅުވިއެވެ.

ކޯލިޝަންގެ ވަަޒީރުންގެ ތެރެއިން ދާދިފަހުން އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުގެ މަޤާމު ފުރުއްވި ޒަހާ ވަހީދު މަޤާމުންވެކި ކުރައްވާފައެެވެ. ޒަހާ ވަކި ކުރައްވާފައިވަނީ ފޯނު ކޯލަކުންނެވެ. ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.