ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި، ވެލިދޫ އޮޕަރޭޝަނަށް ގެންނަނީ

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި، ވެލިދޫ އޮޕަރޭޝަނަށް ގެންނަނީ

Author
މުޙައްމަދު ޝަޒައިމް
05 މެއި 2021 10:44
0

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި، ވެލިދޫ އޮޕަރޭޝަނަށް ގެންނައުމަށް ނިންމައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި، ވެލިދޫ އޮޕަރޭޝަނަށް ގެންނައުމަސް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ބޭނުން ކުރަމުންދާ ފަރުކޮޅު ފުށިވެސް އެކީ ފުލްވެފައިވާކަމަށެވެ. ބަލިޖެހެމުންދާ މީހުންގެ އަދަދަށް ބަލާއިރު އިތުރު ވޮލެންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޞީއްޚީ ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހުންގެ ތެރެއިން ބައެއް މީހުން އައިޖީއެމް ހޮސްޕިޓަލަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނަގަން ހަމަޖެހިފައިވާކަމށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ބަލީހައި މިހާރު 7،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާއިރު، 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.