އައިސީޔޫ އެދުތައް އިތުރުކޮށް، ފަރުވާދެވޭނެ ވަސީލަތް ގިނަކުރުމުގެ މަސައްކަތް ފަށައިފި

އައިސީޔޫ އެދުތައް އިތުރުކޮށް، ފަރުވާދެވޭނެ ވަސީލަތް ގިނަކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
05 މެއި 2021 10:34
0

އައިސީޔޫ އެދުތައް އިތުރުކޮށް، ފަރުވާދެވޭނެ ވަސީލަތް ގިނަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ އެދެއް ފުރިފައިވުމުން އިތުރު އެދުތައް ތައްްޔާރު ކުރުމަށް މަސައްކަތް ކުރަނުންދާކަމަށެވެ.

މަބުރޫކް ވިދާޅުވީ ހުޅުމާލޭ ކޯވިޑް ފެސިލީޓީގައި އައިސީޔޫ އިތުރު 12 އެދެއް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގެ އެހެން އިމާރާތެއްގައިވެސް އައިސީޔޫ އެދުތަކެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ވެލިދޫ ވެސް އަލުން އައިސޮލޭޝަން ފެސިލީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައިވާކަމާށާއި، މާދަމަ އެތަން އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ބޭނުން ކުރަމުންދާ ފަރުކޮޅު ފުށިވެސް އެކީ ފުލްވެފައިވާކަމަށެވެ. ބަލިޖެހެމުންދާ މީހުންގެ އަދަދަށް ބަލާއިރު އިތުރު ވޮލެންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޞީއްޚީ ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހުންގެ ތެރެއިން ބައެއް މީހުން އައިޖީއެމް ހޮސްޕިޓަލަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނަގަން ހަމަޖެހިފައިވާކަމށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ބަލީހައި މިހާރު 7،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާއިރު، 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.