ހޮސްޕިޓަލުގެ ބެޑްތައް ފުރެން ފެށިކަން މިއީ ރަތް ސިގްނަލެއް، ފަރުވާކުޑަ ނުކުރައްވާ: ރޮޒޭނާ

ހޮސްޕިޓަލުގެ ބެޑްތައް ފުރެން ފެށިކަން މިއީ ރަތް ސިގްނަލެއް، ފަރުވާކުޑަ ނުކުރައްވާ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
05 މެއި 2021 02:29
0

ހޮސްޕިޓަލުގެ ބެޑްތައް ފުރެން ފެށިކަން މިއީ ރަތް ސިގްނަލެއް ކަމަށާއި، ރައްޔިތުން ކޯވިޑާއިމެދު ފަރުވާ ކުޑަނުކޮށް ކުރިންވެސް އަމަލުތައް ބެހެއްޓެވި ގޮތަށް ބައްޔާމެދު ސީރިއަސްކޮށް ދެކެން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީޖުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުވެ، ބައްޔަށް ފަރުވާދޭ ގިނަ ދުތަކެއް މިވަގުތުހުރީ ފުރިފައެވެ. އިތުރުބަލިތަކަށް ފަރުވާ ދިނުމަށާއި، ކޯވިޑަށް ފަރުވާދިނުމަށްވެސް އެކަށީގެންވާ ވަސީލަތްތައް ނެތިދާނެ ކަމުގެ ބިރުވަނީ ހީވާން ފަށާފައެވެ. މިހާލަތުގައި ރައްޔިތުން ބައްޔާމެދު ފަރުވާކުޑަ ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި އިލްތިމާސް ކުރަނުންނެވެ.

މިހާރުގެ ހާލަތަށް ރިޢާޔަތް ކުރައްވައި ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ އެންމެގެ އެއްބާރުލުންވެސް ލިބިގެން ކަމަށެވެ. ރާއްޖެއިން ކޯވިޑް ފެނިގެން ދިޔަ ދުވަސްވަރުގ ރައްޔިތުން ބައްޔާމެދު ސީރިއަސްވި މިންވަރަށްވުރެއް ބޮޑަށް މިއަދު ބައްޔާއިމެދު ސީރިއަސް ވާންޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެެވެ. ހޮސްޕިޓަލްތައް ފުރި ބައްޔަށް ފަރުވާދޭނެ ނިޒާމުތައް ފުރުމަކީ ބަލީގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ކުރިންވެސް ބަލި ކޮންޓްރޯލް ވެފައޮތީ ރައްޔިތުން އެކަމަށް ސަމާލުކަން ދީގެން ވަރަށް ބަލައިގެން އުޅުމުން. މިއަދު މިވަނީ އެކަންކަން ދޫކޮށްލެވިފައިވާ ކަންފަސޭހަ ކުރެވިފަ. ހޮސްޕިޓަލުގެ ބެޑްތައް ފުރެން ފެށިކަން މިއީ ރަތް ސިގްނަލެއް. އަނެއްކާވެސް ކުރިން ހެން ސީރިއަސް ވާން ވެއްޖެ.

– ރޮޒޭނާ ވިދާޅުވިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްޞާ ޑޮކްޓަރު ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ނުވަތަ ޑީއެޗް 11 މިހާރު ފުރިފައިވާކަމަށެވެ. އެގޮތުން 9 މީހަކު އެޑްމިޓްކޮށްފައި ވާއިރު އެތަނުގައި 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި މާބަނޑު މީހެއްގެ ޙާލަތު ވަރަށް ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ޙާލަތުގައިވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އޭނާގެ ޙާލަތު މީގެ ކުރިން މާބަނޑު މީހަކު މިބަލީގައި ސީރިއަސް ނުވާމިންވަރަށް ސީރިޔަސް ޙާލަތަކަށް ގޮސްފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ކޮންމެ ދުވަހަކުވެސް ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވަމުން ދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 601 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން ގިނަައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން 440 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވިއެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 181 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަނާ
Raees Yameen sarukaaruga vaa kameh nama mdp baigandu nikume muzaaharaa koh mulhi gaumu andhaa aliyah hadhaane
މ މައި
ރޮޒޭ ލަދުކޮބާ ވޯޓުހޯދަން މުޅިތާ ދުވާ މިގައުމު މިހާލަތަށް ވައްޓާލާފަ ރައްޔިތުން ގާތު ކޮން އަނގައެއް ތިއަރުވަނީ ބަޔަކު ލަދުހަޔާތްކެނޑުނަސް މީބޮޑުވަރު
ލ ލީލާ
ބަލަގަ މިހިރަ ރޮޒޭނާ އަދިކިރިޔާތަ ރައްޔިތުން ތިފެނުނީ މާކުރިން ވެސް މިގައުމުގެ 30 އަހަރު ބުނި ތޯ ފިޔަވަޅު އަޅަވެސް އެތަނެ ނުފެނެއެނުން 30 އަހަރު މުސްކުޅި ވީމަތޯ