ހެލްތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކާއި، ނާއިބެއް އައްޔަން ކުރައްވައިފި

ހެލްތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކާއި، ނާއިބެއް އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
05 މެއި 2021 02:13
0

ހެލްތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކާއި، ނައިބަކަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމަށް ޢާއިޝަތު ރަޝީދު، އަދި މިނިސްޓަރ އޮފ ހެލްތުގެ ނައިބުގެ މަގާމަށް ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް މިއަދު ޢައްޔަންކުރައްވާފައިވާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ދެ ބޭފުޅުންނަކީ މީގެކުރިން ޖެންޑަރ މިނިސްޓްރީގެ އިސް މަޤާމުތަކެއްގައި ތިއްބެވި ދެ ބޭފުޅުންނެވެ. މިގޮތުން ޢާއިޝަތު ރަޝީދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމް އަދާކުރައްވާފައެވެ. އަދި ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމް އަދާކުރައްވާފައެެވެ.

ހެލްތު މިނިސްޓްރީގެ އިސް ދެ މަޤާމަކަށް ބޭފުޅުން އައްޔަންކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމުގައި ހުންނެވި ދެ ބޭފުޅުން ކަމަށްވާ ޝިޔާމާ މުޙައްމަދާއި، ނިޝާމާ މުޙައްމަދު އިއްޔެ މަޤާމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.