އައިޖީއެމްއެޗްގެ ހުރިހާ އައިސީޔޫއެއް ފުރި، ކަންބޮޑުވުން އިންތިހާއަށް!

އައިޖީއެމްއެޗްގެ ހުރިހާ އައިސީޔޫއެއް ފުރި، ކަންބޮޑުވުން އިންތިހާއަށް!

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 10:49
0

ކޯވިޑް-19 ގައި މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލުގެ ހުރިހާ އައިސީޔޫއެއް ފުރިފަވާތީ ކަންބޮޑުވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގެ ހުރިހާ އައިސީޔޫއެއް މިވަގުތުފުރި، ދަރުމަވަންތަ ހޮސްޕިޓަލުގައި 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށެވެ.

މަބުރޫކް ވިދާޅުވީ ފަރުވާދޭ މަރުކަޒުތައް ފުރެމުންދާކަމީ މިވަގުތު އޮތް އެންމެބޮޑު ކަންބޮޑުވުންކަމަށެވެ. މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 200 އިން މަތީގައިވާއިރު، މިއަދަދަކީ ކަންބޮޑުވާންޖެހޭ ވަރުގެ އަދަދެއްކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މިވަގުތު ހުރި ހުރިހާ އައިސީޔޫއެއްގައި ބަލި މީހުންނަށް ފަރުވާ ދެމުންދާއިރު، އެހެން ބަލިތަކަށް ސީރިއަސްގެ ބަލިހާލަތުގައި ފަރުވާދޭނެ ގޮތަކާއިމެދުވެސް ކަމާއިބެހޭ ފަރާތްތަކުން ދަނީ ވިސްނަމުންނެވެ. މަބުރޫކްވަނީ މިކަމުގައި ހުރިހާ ރައްޔިތުން ފަރުވާކުޑަނުކޮށް އެންމެން އެކީގައި މިކަމުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިހާލަތުގައި އެންމެ ރައްކާތެރި ގޮތަކީ މިބަލީގައި ހުރި ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ބޯލަބައި އެގޮތަށް އުޅުންކަމަށް މަބުރޫކް ވިދާޅުވިއެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ޑރ.މުހައްމަދު އަލީ ވިދާޅުވީ މިއީ މުޅިން އާ ވޭރިއަންޓެއް ކަމަށެވެ. މިހާރު ބަލި ފެތުރެމުންދާގޮތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑުކަމަށެވެ. އަދި މިހާރު ފަރުވާދޭ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ސީރިއަސް ކަަމަށެވެ. އޭގެ ތެރެއިން މާބަޑު މީހަކަށް ފަރުވާ ދެމުންދާއިރު އެމީހާގެ ހާލަތު ގާތުން މޮނީޓާރަ ކުރަމުންދަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.