ޝެވްނިންގް މޯލްޑިވްސް ސްކޮލަރޝިޕްސް ޕްރޮގްރާމްގެ އެމް.އޯ.ޔޫ ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި
ފޮރިން ކޮމަންވެލްތް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) އާއި އެކު ސޮއިކޮށްފިއެވެ.
ޝެވްނިންގް/މޯލްޑިވްސް ސްކޮލަރޝިޕްސް ޕްރޮގްރާމްގެ އެމް.އޯ.ޔޫ ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ފޮރިން މަންވެލްތް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) – ބްރިޓިޝް ހައި ކޮމިޝަން، މާލެ އާއި އެކު ސޮއިކުރުމުގެ
ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ ޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ކެރޮން ހޮސްޓަރ ވަނީ އެމް.އޯ.ޔޫ ބަދަލު ކުރައްވާ މި ސްކޮލަރޝިޕް ޕްރޮގްރާމްއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ޝެވްނިންގް މޯލްޑިވްސް ސްކޮލަރޝިޕް އަކީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ސަރުކާރުން އެކީގައި ފަންޑުކޮށް ހިންގުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ޕްރޮގްރާމްއެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން އެކުލަވާލައިފައިވާ "ޓްރެއިނިންގެ ނީޑް އެނައިލިސިސް" ގައި ކަނޑައެޅިފައިވާ ދާއިރާތަކުން އެއް އަހަރުދުވަހުގެ މާސްޓަރސް ޑިގްރީއަކަށް އިނގިރޭސިވިލާތުގެ އެކްރެޑިޓަޑް ޔުނިވަރސިޓީއެއްގައި ކިޔެވުމަށް 2 ކުއްޖަކަށް ކޮންމެ އަހަރަކުވެސް ފުރުސަތު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ