ފިޔަވަޅުތައް އިއުލާންކުރަން ބާއްވާ ޕްރެސް މިރޭ 10 ޖަހާއިރު

ފިޔަވަޅުތައް އިއުލާންކުރަން ބާއްވާ ޕްރެސް މިރޭ 10 ޖަހާއިރު

Author
މުޙައްމަދު ޝަޒައިމް
03 މެއި 2021 05:52
0

ކޯވިޑް-19 އާއި ގުޅިގެ އަޅަން ނިންމަފައިވަ ފިޔަވަޅުތައް އިއުލާން ކުރުމަށް މިރޭ ޚާއްސަ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ޕްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ޕްރެސްގައި އަޅާނެ ފިޔަވަޅުތައް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ބަލިޖެހޭ މީހުން އިތުރުވުމާއި ގުޅިގެން ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަދު ވިދާޅުވެފައެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޯވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދިއުމީ ކަންބޮޑުވާކަމެއް ކަމަށެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާކުރަން ފަށަފައިވާކަމަށެވެ.

ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމަވާފައިވާއިރު، ކޯވިޑް ކޭސްތައް ފެނުން އިތުރުވާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުުކުުރުން އެޗްޕީއޭ އިން ވަނީ މަނާ ކުރަން ވެސް ނިންމާފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުވެސް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ނުނީ ދަތުރު ނުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ.

ރާއްޖޭގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެގެ ޕޮޒިޓިވް ނަންބަރު އުޅެނީ 508 ގައެވެ. މީގެތެރޭގައި މާލެ ސަރަަހައްދުން 276 މީހުން އަދި އަތޮޅުތަކުން 222 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވަނުންދާއިރު އެޗްޕީއޭއިން ގެންދަވަނީ ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ވެކްސިނަކީ މިހާލަތުން އަރައި ގަތުމަށް އޮތް އެންމެ ރައްކާތެރި ފިޔަވަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދާން
ދިވެހިރާއްޖޭ ގަ ކޮވިޑް ފެތުރެނީ ވެހިކަލުތަކުން ވަކި ގަޑިއެއްގަ ކަމަށްވާތީ އަޅާނެ އެންމެރައްކާތެރި ފިޔަވަޅަކީ ވެހިކަލް ނުދުއްވޭގޮތް ހެދުން.... މަ ހިތަށްއަރާ ނޫސްވެރިއަކަށްވެސް މި ސުވާލު ކޮށްލަން ނުކެރެނީހޭ ކޮވިޑާއި ވެހިކަލާއި ހުރި ގުޅުމެއް ބަލަންވެއްޖެނުން