ސަޕޯޓަރުން މުޒާހަރާ ކުރުމުން ޔުނައިޓެޑާއި ލިވަޕޫލް މެޗު ފަސްކޮށްފި

ސަޕޯޓަރުން މުޒާހަރާ ކުރުމުން ޔުނައިޓެޑާއި ލިވަޕޫލް މެޗު ފަސްކޮށްފި

Author
ޔޫސުފް
03 މެއި 2021 08:14
0

މެންޗެސްޓާ ޔުނައިޓެޑުގެ ވެރިންނާއި ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާ އާއި އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މެޗު ދެން ކުޅޭނެ ތާރީހެއް ނިންމާނީ ޕްރިމިއާ ލީގުން ދެ ކްލަބާ މަޝްވަރާކުރުމަށް ފަހު އެވެ.

ވާދަވެރި މި ދެޓީމުގެ ކުރިމަތިލުން ފަށާގޮތަށް ހަމަޖައްސާފައި އޮތީ ރޭ 8:30 ގަ އެވެ. ލިވަޕޫލުން ޔުނައިޓެޑް ބަލިކުރި ނަމަ މެންޗެސްޓަރ ސިޓީ އަށް ހަތަރު ސީޒަނުގެ ތެރޭ ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީހެވެ. އަނެއްކޮޅުން ޕޮއިންޓެއް ހޯދައިގެން ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވީހެވެ.

ދަނޑުބޭރުގައި އެތައް ހާސް ޔުނައިޓެޑް ސަޕޯޓަރުން ބައިވެރިވެގެން ކުރިއަށްގެންދާ މި އެއްވުން ތަކަކީ އެ ކްލަބްގެ ވެރިން ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމުމަށް ފަހު ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް ކްލަބް ވިއްކާލަން ދެކޮޅު ހަދަމުންދާތީއެވެ.

ސަޕޯޓަރުން ހަމައަކަށް އަޅުވައި މެޗު ކުޅެވޭތޯ ޕްރިމިއާ ލީގުން ގަޑިއެއްހާއިރު ވަންދެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވެ އެންމެ ފަހުން ޖެހުނީ މެޗު ފަސްކުރާށެވެ. ޕްރިމިއާ ލީގުން ބުނީ މެޗު ފަސްކުރީ ފުލުހުންނާއި ދެ ކްލަބާއި ޕްރިމިއާ ލީގުގެ އިތުރުން ލޯކަލް އޮތޯރިޓީތަކާ ކުރެވުނު މަޝްވަރާތަކަށްފަހުގައި އެންމެން އެގޮތަށް އެއްބަސްވުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.