ޖަމީލަކީ ރާއްޖެ ދުށް އެންމެ ފިނޑި ނާއިބް ރައީސް: އަލްހާން

ޖަމީލަކީ ރާއްޖެ ދުށް އެންމެ ފިނޑި ނާއިބް ރައީސް: އަލްހާން

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 05:46
0

ރާއްޖޭގެ ތާރީހުގައި ދިވެހިން ދެކުނު އެންމެ ފިނޑި ނާއިބް ރައީސަކީ ޑރ.މުހައްމަދު ޖަމީލް އަހުމަދު ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖެ ދުށް އެންމެ ވިސްނުންކޮށި ވެރިޔާގެ ކިބައިން ސަލާމަތްވާންޖެހޭކަމަށް ވިދާޅުވެ ޑރ.ޖަމީލް ރައީސް ޞާލިހު އަށް އަމާޒުކުރެއްވި ވާހަހަކަ ތަަކަށް އިޝާރާތް ކުރައްވައެވެ.

އަލްހާން ވިދާޅުވީ ނާިއބް ރައީސްކަމުގައި ޑރ.ޖަމީލް ހުންނަވަނިކޮށް، ޑރ.ޖަމީލްގެ އިތުބާތު ނެތްކަމަށް މަޖިލިސް ހުށަހެޅުމުން ޤައުމުދޫކޮށް ފިލިގޮތަށް އަނބުރައި ރާއްޖެއަށް އައީ ވެރިކަން ބަދަލުވުމުންކަމަށެވެ. އެހާވެސް ފިނޑި ބޭފުޅަޅު ޤައުމުގެ ރައީސްގެ ފިނޑިކަމުގެ ވާހަކަ ދެއްކުމަށްވެރެއް ނުދެއްކުން މާ ރަނގަޅުވާނެކަމަށް އަލްހާން ވިދާޅުވިއެވެ.

ރާއްޖެ ދުށް އެންމެ ފިނޑި ނައިބު ރައީސް މިޒާތު ވާހަކަ ދެއްކެވީމަ އަންނަނީ ހިނި! އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ބަދަލުގައި ވަކީލަކު މަޖްލިހަށް ފޮނުއްވާ، ޤައުމު ދޫކޮށް ފިއްލެވި ހަމައެކަނި ނައިބު ރައީސް!

– އަލްހާން ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑޮކްޓަރ ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ރައްޔިތުންގެ މަޖްލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖްލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ދެންނެވުމުން އެކަންކުރައްވައި ޑރ.ޖަމީލް ވަނީ އޭރު އިނގުރޭސިވިލާތަށް ވަޑައިގެނަފައެވެ.

މިކަމާއި ގުޅީގެން އޭރުގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުށުން ބަރީއަވުމުގެ މަސައްކަތްކުރުމަކީ އޭރުވެސް ނައިބު ރައީސަށް އޮތް ފުރުސަތެއްކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖްލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވަން އެމަނިކުފާނު އިޚްތިޔާރުނުކުރެއްވުމަކީ އެމަނިކުފާނަށް މެމްބަރުންގެ ތާޢީދު ނުލިބުނު ސަބަބެއްކަމުގައެވެ. ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިނަމަ އެމަނިކުފާނާއިބެހޭގޮތުން ދެކެވޭ ވާހަކަތަކުން ބަރީއަވުމަށް ދައްކަވާ ވާހަކަފުޅުގެ ބުރަދަން ހުރިވަރު ރައްޔިތުންނަށް އެގިގެންދިޔައީސްކަމަށް އޭރުގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Alhaanuthiyavidhaalhuvee hama thedhufulheh
A Adindaa19
Alhaan akee gaumu duh enmebodu nagooroalhi.
ނ ނަދާ
އަލްހާނަކި މުޅި ދުނިޔެއިން އެއްމެ ގިނަވޯޓުން ތަޅާބަލި ކުރާ ސޮރެއް
ތ ތޫރަ
ބޮނޑިބަތް ތޯއެ އުދަންވީ. އެސޮރުގެ ބޯ ގޮވާފައި ހުރީ.
ހ ހުސެއިން ވަހީދު
އަލްހާނު ވެސް ވަރަށް ބޮޑު ތެދެއް ބުނެފި
A Ak
Alhaan thikahahala vaahaka dhehkee adhi hini aumuge ithurun ladhuves ganey maa siyaasee mee haka vegen thiulenee thaaeedh kuraa 200 meehun theen ekakuge ves ney thee hama hus landaa kula tafaathu vaanee laanee eh rahaeh