ހާލަތު ގޯސްވެ އައްޑޫ ސިޓީއަށް އަރާފޭބުން މަނާކޮށްފި

ހާލަތު ގޯސްވެ އައްޑޫ ސިޓީއަށް އަރާފޭބުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 03:23
0

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއްފެނި އައްޑޫ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ އައްޑޫ ސިޓީގެ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ކޮންޓްރެކްޓް ޓްރެއިސިންގެ މަސައްކަތް ނިމެންދެން އައްޑޫސިޓީއަށް އަރާފޭބުން މަނާކޮށްފައިވާކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްގެ ގިނަ ބަޔަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވުމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ވަނީ ރެކޯޑު އަދަދަކަށް ރާއްޖެއިން މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ ރާއްޖެއިން 465 މީހަކު ވަނީ ކޯވިޑް-19 ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 193 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 242 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓުތަކުން 25 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.