ޖަލުތަކުގައި ތިބި ކޯވިޑް-19 އަށް ހައިރިސްކު ޤައިދީން ޢާއިލާކައިރިއަށް ގެއަށް ބަދަލު ކުރުމަށް ނިންމާފައި ވީނަމަވެސް ނުރައްކާތެރި އެއްވެސް ކުށެއްގައި ޖަލަށް ހުކުމްކުރެވިފައިވާ ގައިދީއަކު ގެއަށް ބަދަލު ނުކުރާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ޖަލުގައިތިބި ޤައިދީންގެ ތެރެއިން ހައިރިސް ގައިދީން ގެއަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން ޢާއިލާކައިރިއަށް ބަދަލުކުރަންޖެހޭ ޙާލަތުގައި ތިބި މީހުންނާއި ބައެއް ޢާއިލާތަކުގެ އަޅާލުން ނުލިބިތިބި މީހުން ދެނެގަނެ އެކަމަށްޓަކައި ކުރަންޖެހޭ އެމަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ގެއަށް ބަދަލުކުރާ މީހުންގެ ތެރޭގައި ބޮޑަށް ބަލަނީ ދިގުމުއްދަތަށް ބޭސްކާންޖެހޭ މީހުންނާއި، ތަފާތު އެކި ބަލިތައް ހުންނަ މީހުންކަމަށެވެ. މީގެ އިތުރުންވެސް ހައިރިސްކު ކެޓަގަރީއަށް ފެތޭ މީހުން ދެނެގަނެ އެމީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މީގެ ތެރޭގައިވެސް ނުރައްކާތެރި އެއްވެސް ކުއްވެރިއަކު ހިމެނޭނަމަ އެމީހަކު ގެއަށް ބަދަލު ނުކުރުމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ. އެފަދަ މީހުންނަށް ބަންދުގައި ބޭތިއްބޭނީ ޖަލުގައިކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ވަނީ އަންނަ ހަފްތާއިން ފެށިގެން ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރުމަށް މަަސައްކަތް ކުރަމުންނެވެ. ގައިދީން ގެތެރެއިން ހައިރިސްކު މީހުން ގެއަށް ބަދަލުކުރި ނަމަވެސް، ކަރެކްޝަނުން އެމީހުން ބަރާބަރަށް މޮނިޓަރ ކުރަމުންދާކަމަށާއި، އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ އެމީހަކު ވަގުތުން ޖަލަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ