ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލީ ލަންކާ ބޯޓުތަކެއް: ފުލުހުން

ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލީ ލަންކާ ބޯޓުތަކެއް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 02:08
0

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަނެފައިވަނީ ސްރީ ލަންކާގެ ބޯޓުތަކެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އީ.އީ.ޒެޑް ނުވަތަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް، މ.އަތޮޅާއި ވ.އަތޮޅާ ދިމާ އިރުން ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ 30 ނޯޓިކަލް މޭލު އެތެރެއިން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަމަހުގެ 28ވަނަ ދުވަހުއެވެ.

މި ބޯޓްތައް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވަމުން ގޮސްފައިވަނީ، ބޯޓްތައް މެދުގައި ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. އަދި މިއިން ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމް.އެން.ޑީ.އެފުން މި ބޯޓުތައް ހުޅުމާލެއަށް ގެންގޮސް ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

ބޯޓްތަކުގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.