ޖަލުތަކުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރަނީ

ޖަލުތަކުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 01:43
0

ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަންދާތީ ޖަލުތަކުގައި ތިބި ހައިރިސްކު ގައިދީން އާއިލާކައިރިއަށް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ޖަލުގައިތިބި ގައިދީންގެ ތެރެއިން ހައިރިސް ގައިދީން ގެއަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން އާއިލާކައިރިއަށް ބަދަލު ކުރާނެ ހާލަތުގައި ތިބި މީހުންނާއި، ބައެއް އާއިލާތަކުގެ އަޅާލުން ނުލިބިތިބި މީހުންވެސް ދެނެގަނެ އެމަސައްކަތް ކުރަމުންނެވެ. އެގޮތުން ކަރެކްޝަންސްގައި ހުރި ލިޔުންތަކަށް ބަލައިގެން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީންނާއި، ސާޖަރީ ހަދާފައި ތިބި ގައިދީން ފަދަ ހައި ރިސްކު ގައިދީންގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރުން މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޖަލުގައި ތިބި ހައިރިސްކް މީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން އެމަނިކުފާނަކީ ހައިރިސްކު ބޭފުޅަކަށްވުުން ވަގުތީ ގޮތުން ގެއަށް ބަދަލު ކުރެވިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިންވެސް ބައެއް މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ އޮފިސަރުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއިއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުރައް އިތުރަށް ވަރުދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.