މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް މިރޭ އެއްވުމެއް ބާއްވަނީ

މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް މިރޭ އެއްވުމެއް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 01:08
0

މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް މިރޭ އެއްވުމަށް ބާއްވަން ހަމަޖެހިއްޖެއެވެ.

ސުލްޙަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެއްވުން އިންތިޒާމު ކުރަނީ ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ "ރައިސް އަޕް މޯލްޑިވްސް" އިންނެވެ. މިރޭގެ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ 20:45 ގައި މާފަންނު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.

މިއެއްވުން ބޭއްވުމުގެ މަޤްސަދަކީ މަސައްކަތްތެރިނަނަށް، މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާއިން ރައްކާތެރިކޮށް މަސައްކަތުގެ މާހައުލަކީ ރައްކާތެރި އަމާން މާހައުލެއް ކަމަށް ހެދުމަށް ގޮވާލުމެވެ. އެއްވުމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސައާއި، ޖިންސީ ގޯނާ ކުރާ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ މާހައުލެއް ހޯދުމަށް ދޭތެރެ ދޭތެރެއިން ދަނީ މުޒާހަރާކާ ކުރަމުންނެވެ. ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގެވުމުގައި ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، އެނޫންވެސް އެކި މަޤާމުތަކުގައި ތިއްބެވާ ބޭފުޅުން ހިމެނޭކަމީ މިއަދު އޮތް އެންމެބޮޑު ކަންބޮޑުވުމެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް މަސައްކަތްތެރިގެ ދުވަހު ސުލްހަވެރި ހިނގާލުންތައް ބާއްވަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.