ރޯދަ އާއި ސުވާލު: ވަރުބަލިވާ ވަރުން ރޯދަ ދޫކޮށްލުން

ރޯދަ އާއި ސުވާލު: ވަރުބަލިވާ ވަރުން ރޯދަ ދޫކޮށްލުން

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
01 މެއި 2021 08:12
0

ރޯދަ މަހު ދުވާލު ފެންބޮވައިގަނެގެން ގޮސް ބައެއް ފަހަރަށް ހޮޑުލެވޭ ވަރުވެއެވެ. އަދި ބޯއަނބުރާ ވަރަށް ބޮޑަށް ވަރުބަލިވާ ގޮތްވެއެވެ. މީގެ ސަބަބުން ފެންފޮދެއް ބޮއި ރޯދަ ދޫކޮށްލުން ރަގަޅު ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ އަޅުކަމެއްވެސް ޝަރްޢު ކުރައްވާފައިވަނީ ވަރަށް ލުއި ފަސޭހަ ގޮތަކަށެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި ވާ ފަދައިންނެވެ. (يُرِ‌يدُ اللَّـهُ بِكُمُ الْيُسْرَ‌ وَلَا يُرِ‌يدُ بِكُمُ الْعُسْرَ‌) މާނައަކީ: " اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."

ރޯދަ ދޫކޮށްލުން ހުއްދަވާ ވަރުގެ ބައްޔަކީ އެމީހެއްގެ ހަށިގަނޑުގައި ހުރި ބައްޔެއް ރޯދަ ހިފުމުގެ ސަބަބުން އިތުރުވެދާނެ ކަމަށް ބިރުގަންނަ ފަދަ ބައްޔާއި، ޝިފާ ލިބުން ލަސްވެދާނެ ކަމުގެ ބިރު އޮތް ބައްޔާއި، ރޯދަ ހިފުމުގެ ސަބަބުން ވެދާނެފަދަ ބައްޔެވެ.

އެހެންކަމުން، ސުވާލުގައިވާ ފަދައިން ރޯދަ އަށް ހުރުމުގެ ސަބަބުން ހޮޑުލަވާ، ބޯއަނބުރުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވާ ކަމަށްވަނީނަމަ، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ކުޅަދާނަކަން ލިބިގެންވާނަމަ، ފަހުން އެރޯދަ ގަޟާ ކުރަން ޖެހޭނެއެވެ. ރޯދަ ގަޟާ ކުރުމުގެ ކުޅަދާނަކަން ނެތްނަމަ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.