ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔާތީ ރައީސް މައުމޫންގެ ކަންބޮޑުވުން!

ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔާތީ ރައީސް މައުމޫންގެ ކަންބޮޑުވުން!

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 09:58
0

ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔާތީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން ބިސްމި ނުކިޔާތީ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ސުވާލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ރައްދުވާ ގޮތަށް ރައީސް މައުމުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގިނަ ފިޤުހު އިލްމުވެރިންނާއި ޤާރީންގެ ބަސްފުޅަކީ ނަމާދުގައި ބިސްމި ކިޔުންކަމަށެވެ. އެހެންކަމަށްވާނަމަ ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަންވީ ކޮން ސަބަބާއި ހެދިތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.

އިމާމް ނަވަވީ ވިދާޅުވެފައިވަނީ ޞަޙާބީންނާއި ތާބިޢީންނާއި އޭގެފަހުގެ ގިނަފިޤުހު ޢިލްމުވެރީންނާއި ޤާރީންގެބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުންކަމުގައި. އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔަނީ ކީއްވެބާ؟

– ރައީސް މައުމޫން ވިދާޅުވިއެވެ.

އަޑުހަރުކޮށް ބިސްމި ކިޔުމާއި ގުޅޭގޮތުން 2018 ވަނަ އަހަރު ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޑު ހަރުކޮށް ކީރިތި ގުރުއާން ކިޔަވާ ނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން އެ ނަމާދުތަކުގައި ގުރުއާން ކިޔަވާ ވިދާޅުވުމުގައި އެންމެ ރަނގަޅީ ފާތިހާ ސޫރަތް ނުވަތަ "އަލްހަމްދު" ކިޔަވަން ފެށުމުގެ ކުރިޔަށް އަޑު ހަރުކޮށް ބިސްމި ކިޔަވާ ވިދާޅުވުން ކަމަށެވެ.

އެ މަޖިލީހުން ބުނީ އެކަން ސާފުކޮށް އޮތުމުން ރާއްޖޭގެ ރައްޔިތުން ކުރިންސުރެ އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބުގައިވާ ގޮތަށް ކަމަށްވާތީ ރައްޔިތުންގެ ވަހުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އިމާމުވެ ނަމާދު ކުރައްވާ އިމާމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ބާރަށް ބިސްމި ވިދާޅުވުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

m mahuloof
burugaa elhumakee hujahteh noon kamah vidhaalhu veh amillah anbi meehaa beynun vaa goiy kamah vaathee keerithi Quran ves beynun gothakah tharujamaa kureh veyne kamah vidhaalhuvi..kaley thee munaafigeh..?
H Haaufaa
Miskithehge kairin jehi vettigen dhiya yas ethan nudhekey meehaku miskithuge higaakankamaa behumuge haggeh nethennu
ބ ބަޗީ
ތި މައްސަލަ އާއި ގުޅޭ ގޮތުން ހުރި ސައްހަ ހުރިހާ ދަލީލެއް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ނިކަން އޮއްސާލަ ބަލަ. މަޒުހަބަށްތޯ ޢަމަލުކުރަންޖެހެނީ ނުވަތަ ކީރިތި މާތް ނަބިއްޔާ ޞައްޙަ ﷲ ޢަލައިހި އަށްތޯ ތަބަޢަވާންޖެހެނީ އޭރުން އެނގޭނެ. އިސްލާމީ ޝަރީޢަތުގައި އޮތީ ފިރިހެނުންގެ ތުނބުޅި ޗިލީ ސޯސްއިން ބާލާ އަންހެނުންނާ އެއްގޮތްވުންތޯ؟