މިއީ ވަޒީރުންނަށް މަސްގަނެދީ، ބިޓުން ސެޓުކޮށްދީގެން ކަންކަން ކުރާ ޒަމާނެއްނޫން: ވައްޑެ

މިއީ ވަޒީރުންނަށް މަސްގަނެދީ، ބިޓުން ސެޓުކޮށްދީގެން ކަންކަން ކުރާ ޒަމާނެއްނޫން: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 10:00
0

ވަޒީރުންނަށް ތިއްބަވާ ބޭފުޅުން ބޭނުންވާ ކަންކަންކޮށްދީ، ވަޒީރުން ރުއްސައިގެން ކަންކަން ކުރިޒަމާން އިޔާދަ ވެފައިވާކަމަށާއި، މިއީ އެޒަމާންނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށްރަށަށް ތަރައްގީ ގެންނަ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވައި ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަޒީރުން ބޭނުންވާހާ ހުރިހާކަމެއް ކޮށްދީ ވަޒީރުން ރުއްސައިގެން ކަންކަން ކުރަންޖެހޭ ޒަމާނެއް ނޫންކަމަށެވެ.

ވަކި ވަކި ކަންކަމަށް މިސާލު ނަންގަވަމުން ވަހީދު ވިދާޅުވީ ވަޒީރުންނަށް މަސްގަނެދީ، އެބޭފުޅުންނަށް ލޯބިވެރިން ހޯދައިދީ، އެނޫންވެސް ބުނިހާކަމެއް ކޮށްދީގެން އެބޭފުޅުން ކުރިމަތީގައި ޖެއްސުނުހާ ވައްތަރެއް ޖައްސައިގެން ރަށަށް ކަންކަން ކޮށްދޭ ޒަމާން ފާއިތުވެފައިވާކަމަށެވެ. ނަމަވެސް މިހާރުވެސް އެކަން އިޔާދަކުރަން މަސައްކަތް ކުރާތަން ފެންނަ ކަމަށާއި، މިއީ ޖާގަދެވޭނެ ކަންކަމެއް ނޫންކަމަށް ވަހީދު ވިދާޅުވިއެވެ.

ވަޒީރުންނަށް މަސްގަނެދީ، ވަޒީރުން ގޭ ވަޅުދިޔަހިއްކައިދީ، ވަޒީރުންނަށް ބިޓުން ސެޓްކޮށްދީ، ވަޒީރުން ވިދާޅުވާ އެއްޗެއް މަޖާނޫނަސް މުޅި ގައިތަޅުވަމުން ހީހަދައިގެން މެނުވީ ކަންކަން ހާސިލުނުވީ ޒަމާން އެނބުރި އިޔާދަވާން އެދޭ ބައެއް މީހުން އަދިވެސް އެބައުޅެއެވެ.

– ވަހީދު ވިދާޅުވިއެވެ.

ނ. އަތޮޅު އަދި އެ ރަށު ކައުންސިލް ހަރަކާތްތެރިވާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، އަތޮޅެއްގެ ރައްޔިތުން ހަމަ އިސްކޮށް ތެދުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ނިންމުމަށް ތެދުވާ މަންޒަރު ފެނުމަކީ ހިތްހަމަޖެހުން ގެނުވާ ކަމެއް ކަމަށެވެ.

އެމްޑީޕީން އިންދި ކުޑަ އޮށެއްގެ ސިއްރުން ބޮޑު ގަހެއް ހެދުމުން އަންނަ ކަމަށާއި އެއީ ގިނަ ބަޔަކު ފަަހަތުގައި ތިބެގެން ކުރި މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަމިއްލަ އަށް ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ރައްޔިތުން ތެދުވުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، މާޒީވި ތަނުގައި ރަށްރަށުގެ ރައްޔިތުން ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ޖެހެނީ، މާލެ އައިސް ވަޒީރެއްގެ ގޭދޮށުގައި މަޑުކޮށްގެން ތިބުމަށެވެ. އެތަނުގައި ހުރެގެން ލިބުނު އެއްޗެއް ހިފައިގެން އަނބުރާ ދާން ޖެހުނަސް މިއަދު އެކަން މާޒީވެ ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.