އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް އެދެން ޖެހޭ: ޝުޖާ

އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް އެދެން ޖެހޭ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2021 02:35
0

ރާއްޖެ މިއަދު ވެއްޓިގައި އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ސިކުޑީގެ އެހީތެރިކަމަށް އެދެންޖެހޭ ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ހާލަތު ޖަލުގައި ގޯސްވުމާއި ގުޅިގެން މިވަގުތު ގޭބަންދަށް ބަދަލުކޮށްފައިވާ ރައީސް ޔާމީންގެ ހިކުމަތްތެރި ވިސްނުންފުޅާއި ގުޅޭގޮތުން ޝުޖާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ އަދަވަޅުން އަރައިގަތުމަށް ހެޔޮވިސްނުމާއި، މިކަން ކުރެވޭނެ ޤާބިލް ވިސްނުން ނެރެންޖެހޭ ކަމަށެވެ. އެވިސްނުމާއި، އެފިކުރު ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށްވާއިރު އެމަނިކުފާނުގެ ސިކުޑީގެ އެހީތެރިކަމަށް މިސަރުކާރުން އެދެންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ.

ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ސަލާމަތް ވުމަށް ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް އެދެން ޖެހޭ!ކުޑައިރު މަންމަ ބުނޭ ދަރިފުޅާއޭ ނޭގެންޏާ ބޭބެ ކައިރީ އަހައިގެން ފިލާވަޅު ހަދާށޭ!

– ޝުޖާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއިގުޅިގެން ރާއްޖޭގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެ އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓިފައެވެ. އިޤްތިޞާދީ އަދަވަޅުން އަރައިގަތުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ނުކޮށް ޚަރަދު އިންތިހާއަށް ބޮޑުކޮށް، ސިޔާސީ ވަޒީފާތައް އުފައްދައި، ބޭކާރު ޚަރަދު ކުރަމުންދާކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަންތައްތަކެވެ.

ދައުލަތުގެ ބަޖެޓު މެނޭޖު ކުރުމުގެ ގޮތުން ސަރުކާރުން އެދިގެން 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯފް ފެސިލިޓީއެއް އެމްއެމްއޭ އިން ހަމަޖައްސާ ދީފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ނިޔަލަށް މި ފެސިލިޓީން 3.8 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ނަގާފަ އެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން އަށް އަސަރުކޮށް، ބޭރު ފައިސާގެ އަގު މައްޗަށް ދާނެ ކަމަށް މާހިރުން ކުރިން ބުނެފައިވެ އެވެ. މީގެ ހެކިތައް ރާއްޖޭގެ މާކެޓުން ފެނިފައިވެ އެވެ. މިގޮތުން ގިނަ ތަކެތީގެ އަގު އުފުލިގެން ދިޔަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭގެ އިންފްލޭޝަނަށް އަސަރު ނުކުރާ ކަމަށް ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.