ރަށު ކައުންސިލަރުންގެ މުސާރަ ކުޑަކޮށް، ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑު ފާސްކޮށްފި

ރަށު ކައުންސިލަރުންގެ މުސާރަ ކުޑަކޮށް، ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑު ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2021 04:30
0

ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނާއިބް ރައީސުންނާއި، ކައުންސިލަރުންގެ މުސާރަ ކުޑަކޮށް، އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ދޭނެ މުސާރަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނާއިބް ރައީސުންނާއި، ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ. އޭނާގެ އިސްލާހަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ އެވެ. މިިސްލާހުގައިވާ ގޮތުން ރަށު ކައުންސިލް ރައީސަށް ލިބެނީ 18،000 އެވެ. ނާއިބް ރައީސަށް، 15،000 އަދި ކައުންސިލް މެމްބަރަކަށް 12،000 ރުފިޔާއެވެެ.

ކޮމިޓީން ހުށަހެޅި އިސްލަހުގައިވަނީ ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ ދިނުމަށާއި ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށެވެ.މީގެ އިތުރުން ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިއިސްލާހާއިކު ބިލް މަޖިލީހުން ފާސްކޮށް ފައިވަނީ 62 މެމްބަރުންގެ ވޯޓުންނެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ މުސާރައިގެ ތަފްސީލްގައި ބަޔާންކުރާގޮތުގައި އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީތަކުގެ މޭޔަރުންނަށެވެ. އެގޮތުން މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު، ޖުމްލަ 40،000 ރުފިޔާގެ މުސާރައެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ފާސްކޮށްފައިވާއިރު، ސިޓީ ކައުންސިލް މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާއިން 28،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެއީ 22،400 ރުފިޔާގެ މުސާރަ އަކާއި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކަށް 13،508،000 ރުފިޔާ އަދި އަހަރަކަށް 162،096،000 ރުފިޔާ ޚަރަދުވާނެކަމަށް ކޮމިޓީން ވަނީ ލަފާކޮށްފައެވެ. މިއީ މިހާރު ދެމުން އަންނަ މުސާރައާއި ޢިނާޔަތްތަށްވުރެ މަހަކަށް 7،088،000 ރުފިޔާ އަދި އަހަރަކަށް 85،056،000 ރުފިޔާގެ އިތުރުވުމެއްކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

ކައުންސިލް މެމްބަރުންގެ މުސާރަތައް ކަނޑައެޅި ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދޭ އެލަވަންސް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ.

އިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ރަށުގެ އިޚްތިޞާސްގެ ތެރެއިން ވާކަންކަމުން އާމްދަނީ ހޯދުމާއި، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސލްތަކަށް ސީދާ ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ޤާނޫނު އަސާސީއަށް ގެނަި އިޞްލާހާއެކު އައު ކައުންސިލްތަކުގެ ދައުރު ވަނީ ތިން އަހަރުން 5 އަހަރަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.