އެންމެންކައިގެން، ގެ ނަމުގައި ހިންގާ ހަރަކާތަކުން ރޯދަމަހު ދަތި ހާލުގައި އުޅޭ މީހުންނަށް ކާތަކެތި ފޯރުކޮށް ދިނުމަށް ހުޅުމާލޭގައިވެސް ހަރަކާތް ހިންގަން ފަށައިފިއެވެ.
ހުޅުމާލޭގައި މިހަރަކާތް ހިންގަމުންދާއިރު އެދާއިރާގެ އިންތިޚާބު ކައުންސިލަރު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާވަނީ އެސަރަހައްދަށް ޒިޔާރަތް ކުރައްވައި، ކާބީތަކެތި ހަދިޔާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
@emmenkaigen movement has started in Hulhumlale’ and councilor-elect and former member of Parliament @shuja3831 is here to tell you where to donate ! Along with a bundle of donations himself! Thankyou Shuja! pic.twitter.com/UcCaBGvrai
— EmmenKaigen Movement (@emmenkaigen) April 28, 2021
ހުޅުމާލޭގައި ކާބޯތަކެތި ފޮރުކޮށްދޭ ފަރާތްތަކަށް އެކަން ކުރުމަށް ޓެންޓު ޖަހައިގެން ޒުވާނުން ހަރަކާތްތެރި ވަމުންދަނީ ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައެވެ.
އެންމެންކައިގެން، ގެ ނަމުގައި ހިންގާ ހަރަކާތަކުން ވަނީ ގޭގެ އިން ބާކީވާ ކާބޯތަކެތި މާލެއިން ވެސް ދަނީ ބަލައިގަންނަމުންނެވެ. މާލޭގައި ހެންވޭރު ދަނޑު ކުރިމަތީގައި ހުންނަ ޔޫތު ސެންޓަރުން ކޮންމެ ރެއަކު 9:30 އިން 12 އަށް ކާ އެއްޗެހި ބަލައިގަނެ، ބޭނުން ޖެހިފައިވާ މީހުންނަށް ބަހާނެއެވެ.
ކޮމެންޓު ފޮނުވާ