އެއްވެސް ޖެހިލުމެއްނެތި މަކަރާއި ހީލަތް ހެދުމާއި، ވައްކަމާއި އެނޫންވެސް ކަންކަމުން މުޖުތަމައުގެ އެންމެހާ ފަރާތްތައް ރައްކާތެރިވުމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖޭގެ ބައެއް ލެބޯޓަރީތަކާއި އެހެނިހެން ގޮތްގޮތުން ވެސް ފޭކް ނެގެޓިވް ނަތީޖާތަކެއް ހަދައިދެމުން އަންނަ ކަމުގެ ތުހުމަތު، މި ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކުރަމުންދިއުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް ޖެހިލުމެއްނެތި މިއަދު މިކުރެވޭ ކަންކަމުގެ ސަބަބުން މުޅި މުޖުތަމައުގެ މައްޗަށް އާންމުވެ ކޯފާއެއް އަތުވާނެކަމަށް ބިރު ގަންނަންޖެހޭކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރަށް ވީގޮތެއް ނޭގޭއިރު، ފޭކް ޕީސީއާރު ޓެސްތު ހެދުމާއި، މިނޫންވެސް އެތައް ކަމަކުން ހިޔާނާތާއި އޮޅުވާލުން އޮޅުވާލައިރު މިއީ ކިހާ ނުރައްކާތެރި ކަމެއްތޯ ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭ ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ހަވަޔަށް ޖައްވަށް އެރީ! ޕީސީއާރު ޓެސްޓުތަކުގެ ފޭކް ހަދަނީ! ނުކުރާކަމެއް ނެތް! މުޖުތަމައުގެ ފަރުދުންގެ ފުށުން މި ފެންނަނީ ކޮން މިސާލެއް؟ ކެވުނު އެއްޗެއް ކަނީ! މަކަރާއި ޚިޔާނާތް މުޖުތަމައުގައި މެކުހަށް! ހެޔޮނުވާނެ ބޭފުޅުންނޭ! އާންމުވެގެންވާ ކޯފާއެއް އަތުވެދާނެ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ކޯވިޑް ޓެސްޓް ކުރަން ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވަނީ ވަރަށް މަދު ތަންތަނަށެވެ. އަދި އެ ތަންތަނަށް ހުއްދަ ދީފައި ވަނީ ވެސް ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހުއެވެ.ޯކޮވިޑަށް ހަދާ ޓެސްޓްތަކުގެ ނަތީޖާތައް އެޗްޕީއޭގެ ޕޯޓަލް އަށް ކޮންމެ ދުވަހަކު ވެސް އެ ލެބޯޓަރީތަކުން އަޅަން ޖެހެއެވެ. އެހެން ނަމަވެސް، އެ ޕޯޓަލް އަށް ނަތީޖާތައް އެޅެނީ ވަރަށް އުނދަގުލުން ކަމަށް ވާތީ، ވަރަށް ގިނަ ތަންތަނުން ބަރާބަރަށް ޕޯޓަލް އަށް އަޕްޑޭޓް ކުރަމުން ނުދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޞިއްޚީ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި ބޮޑެތި ވައްކަންތަކެއް ކޮށްފައިވާކަމަށް ބައެއް އޮޑިޓް ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ