އަލިފާނުގެ ހާދިސާގައި ހޮސްޕިޓަލްގެ ބޮޑޫބައެއް ވަނީ އަދާ ހުލިވެފަ

އިރާގުގެ ކޯވިޑް-19 ހޮސްޕިޓަލުގައި ރޯވު 82 މީހުން މަރުވެއްޖެ

އިރާގުގެ ކޯވިޑް-19 ހޮސްޕިޓަލުގައި ރޯވު 82 މީހުން މަރުވެއްޖެ

އިރާގުގައި ކޯވިޑް19ގެ ބަލި މީހުންނަށް ޚާއްސަ ކޮށްފައި ހުރި ހޮސްޕިޓަލެއްގައި ރޯވެ، މަދުވެގެން 82 މީހަކު މަރުވެ، 110 މީހަކަށް އަނިޔާ ވެއެޖެއެވެ.

"އިބުނި އަލް-ޚަތީބު ހޮސްޕިޓަލުގައި ހިގި އަލިފާނުގެ ހާދިސާގައި 82 މީހަކު މަރުވެ، 110 މީހަކަށް އަނިޔާ ވެފައިވާކަން، އިންޓީރިއަރ މިނިސްޓްރީން ހާމަކުރަން،" ދައުލަތުގެ މީޑިއާ މެދުވެރިކޮށް އިންޓީރިއަރ މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

ސަރުކާރުން އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މިހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރުވަނީ، އިރާގުގެ ހެލްތު މިނިސްޓަރ ވަގުތީގޮތުން ސަސްޕެންޑްކޮށް، މިހާދިސާގެ ޚާއްސަ ތަހުގީގެއް ހިންގުމަށް އަމުރު ކޮށްފައެވެ.

މި ހާދިސާ ހިގާފައިވަނީ، ހޮސްޕިޓަލުގައި ބޭނުން ކުރަމުން ދިޔަ، އޮކްސިޖަން ސިލިންޑަރެއް ގޮވައިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި ހޮސްޕިޓަލް ޚާއްސަ ކުރެވިފައިވަނީ، ކޯވިޑް19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.

މި ހާދިސާއަށްފަހު ސޯޝަލް މީޑިއަގައި އާންމު ވެފައިވާ ވޯޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާން ނިއްވާ ފަރާތްތަކުން، މި ހޮސްޕިޓަލްގައި ރޯވި އަލިފާންގަޑު ނިއްވުމަށް މަސައްކަތް ކުރަމުން ދިޔައިރު، ހޮސްޕިޓަލް ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ދުވަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.

އިރާގުގެ ސިވިލް ޑިފެންސްގެ ވެރިޔާ ޖެނެރަލް ޚާދިމް ބޯހާން ވިދާޅުވެފައިވަނީ، އަލިފާނުގެ ހާދިސާ ހިގާފައިވަނީ، ހޮސްޕިޓަލްގެ އައިސީޔޫތައް ހުންނަ ފްލޯގައި ކަމަށެވެ.

ހޮސްޕިޓަލްގެ އިސް ފަރާތްތަކުން އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިގިއިރު، އައިސީޔޫ ޔުނިޓްގައި ފަރުވާ ދިނުމަށްޓަކާ 30 މީހަކު އެޑްމިޓް ކުރެވިފައި ވެއެވެ. އަދި މި ޔުނިޓްތައް ޚާއްސަ ކުރެވިފައިވަނީ، ބަލީގެ ހާލަތު އެންމެ ގޯސް މީހުންނަށް ފަރުވާ ދިނުމަށެވެ.

އިރާގުގެ ރަސްމީ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، އަލިފާންގަޑު މިހާރުވަނީ ކޮމންޓްރޯލް ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *